މަސްވެރިންނަށް ނުދެވި އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ

3 months ago

އަފްރާހް

މަސްވެރިންނަށް ނުދެވި އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ ކަމަށް ފިޝަރިޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މަސްވެރިންނަށް ދައްކަންޖެހޭ ހުރިހައި ފައިސާއެއް މިހާރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި އެންމެފަހުން ދޫކޮށްފައިވަނީ 53 މިލިއަން ރުފިޔާ ކަމަށެވެ.


މިއީ ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ އަދަދު ކަމަށް ވެސް ވިދާޅުވިއެވެ.


ސަރުކާރުން ކުރީން ވެސް ވަނީ އެ ފައިސާ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ޖަމާކުރަމުންދާނެކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވާފައެވެ.


ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް މީގެފަހުން ދެ ހަފްތާގެ ތެރޭގައި ފައިސާ ދެމުންދާނެ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު