އުއްމީދަކީ އައު ބޮޑުވަޒީރުގެ ޒައާމަތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުން: ރައީސް

5 months ago

އަފްރާހް

އުއްމީދަކީ އައު ބޮޑުވަޒީރުގެ ޒައާމަތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކިފާނު މިފަދައިން ވިދާޅުވީ ސިންގަޕޫރުގެ އައު ބޮޑުވަޒީރު ޮރެންސް ވޮންގ އަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި މެސެޖުގައެވެ.


އެ މެސެޖުގައި ވިދާޅުވީ އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


މީގެއިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާ އިން ދެ ގައުމަށް ފައިދާވާގޮތަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ލޮރެންސް ވޮންގގެ ބޮޑުވަޒީރު ކަމުގައި ދެގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.


ލޮރެންސް ވޮންގަކީ ސިންގަޕޫރަށް މިނިވަންކަން ލިބުނުފަހުން އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ހަތަރުވަނަ ބޭފުޅާއެވެ.


އެމަނިކުފާނު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަނީ 20 އަހަރު ދުވަހު ބޮޑުވަޒީރުކަން ކުރައްވާފައިވާ ލީ ޝިއަން ލޯންގ އެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ނިންމެވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު