ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ، ސަމާލުވޭ!

3 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަަމަށް ލަފާކޮށް، ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެދިލައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ކުރިއަށްއޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި މިވިއްސާރަ އަލިވާނީ އަންނަ ހޮނިހިރު ހިސާބުގައި ކަމަށް ވެސް ވިދާޅުވިއެވެ.


މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަން ފާހަގަކުރައްވައި، މިހާރު ވެސް ވަނީ ހއ. އިން ފެށިގެން ވ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


އެހެންނަމަވެސް ވައިގަދަވެ ކަނޑުތައް ގަދަ ނުވާނެކަމަށް ލަފާކުރައްވައެވެ.


މީގެއިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު