ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ނުވަނުމަށް ގޮވާލައިފި

5 months ago

އަފްރާހް

ޓެކްސީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް ދެކޮޅު ނުޖެހޭ ކަމުގައި ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.


މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން ކަނޑައެޅުއްވީ މެއި 14 ވަނަ ދުވަހުއެވެ.


އެހެންނަމަވެސް މެއި 15 ވަނަ ދުވަހު ޓެްސީ ދްރައިވަރުން ވަނީ އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.


ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ޕެޓްރޯލް އެޅުމާއި ކާރު ސަރވިސް ކުރުމަށް ވެސް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި ތަކެތީގެ އަގާއި ކުލި އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އަގުތައް ކުޑަކުރުމުން އޭގެ ގެއްލުން ޓެކްސީ ޑްރައިވަރުންނަށާއި އެމީހުންގެ އާއިލާތަކަށް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.


ޓެލްސީ ޑްރައިވަރުން ބުނީ އެއަރޕޯޓަށް ދަތުރު ނުކުރުމަށް ޑްރައިވަރުން ނިންމާފައިނުވާނެ ކަމަށާއި އެއަރޕޯޓަށް ޓެކްސީތަކަށް ދިޔަ ނުދޭ ކަމަށެވެ. އަދި ކިޔޫތައް ދިގުވަނީ ފުލުހުންނާއި އެމްއޭސީއެލް ގެ މުވައްޒަފުންގެ ސަބަބުން ކަމަށް ޓެކްސީ ޑްރައިވަރުން ތުހުމަތު ކުރެއެވެ.


އެމްޓީސީސީގެ ޓެކްސީތައް ހިދުމަތަށް ނެރެފައިވާކަމަށް ތުހުމަތުކޮށް ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ނުވަނުމަށް ގޮވައިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު