ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީން ހައްޔަރަށް

3 months ago

އަފްރާހް

ގަވައިދާ ޚިލާފަށް ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުން ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައިވަނީ ސޯސަލް ސެންޓަރު ކައިރީ ހުންނަ ބީއެމްއެލް ޑޮލަރު އޭޓީއެމް ސަރަހައްދުން ކަމަށެވެ.


އިމިގްރޭޝަނުން ވިދާޅުވީި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށާއި އެ ދެ މީހުންނަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ދެ މީހުން ކަމަށެވެ.


މީގެއިތުރުން ގަވައިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ އެ ދެ މީހުންނާ ތަހުގީގުގައި މިހާރު ސުވާލުރަމުންދާ ކަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު