ސަމާލުވޭ، ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް!

5 months ago

އަފްރާހް

ރާއްޖެ ސަރަހަށްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ މޫސުމަށް ސަމާލުވުމަށް، ރާއްޖޭގެ މުސުމާއިބެހޭ ގައުމީ އިދާރާ އިން އެދިލައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހަށްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަަމަށެވެ. އަދި ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.


އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަަމަށް ލަފާކުރައްވާފައި ވެއެވެ. އަދި ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަތުގުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެއެވެ.


އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ކަމެއް ދެއްވައި، މޫސުމާއިގުޅޭ އަދާހަމަ ބެއްލެވުމަށް އިލްތިމާސް ކުރައްވައެވެ.


ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.


ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާނެއެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު