މިއަދު 30 މިނެޓަށް ހުޅުމާލެއިން ކަރަންޓު ކެނޑޭނެ

3 months ago

އަފްރާހް

މިއަދު ހެނދުނު 30 މިނެޓަށް ހުޅުމާލެއިން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ ކަރަންޓުގެ ހިދުމަތް ކަނޑާލަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ކަރެަންޓ ކަނޑައިލުމަށް ނިންމާފައިވަނީ ހެނދުނު 6 ން 6:30 އަށް ކަމަށެވެ.


ކަރަންޓުގެ ހިދުމަތް ކެނޑޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަަވަހިން ކަމަށާއި މިއީ ހައިވޯލްޓޭޖް ގްރިޑް ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.


ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑޭ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.


އެކުންފުނިން ދޭތެރެދޭތެރެން ގެންދަނީ ކަރަންޓީ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި މިފަދަ މަސައްކަތް ކުރާކަން ދުވަހާއި ވަގުތާއި ސަރަހައްދު އެނގޭގޮތަށް އާންމުންގެ ސަމާލުކަމަށް ދުރައިލާ އަންގަމުން ވެސް ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު