ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

5 months ago

އަފްރާހް

ހުޅުމާލެ ފޭސް 1 ގެ ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމީހާ ފެނިފައިވަނީ ހުޅުމާލޭގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް މިނީ ވޭނެއްގެ ތެރެއިން ކަމަށެވެ.


އެ ވޭންގައި ޚަަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔި ކަމަށާއި އެހެންނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އެ އިދާރާ އިން ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށެވެ. ނަމަވެސް ކޮން ގައުމެއްކަން އަދިހާމައެއް ނުކުރައްވައެވެ.


އެ އިދާރާ އިން ވިދާޅުވީ އެ ހާދިސާގެ ސީންގައި ހަރަކާތްތެރިވަމުން އަންނަކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު