ދިރާގު ގޭމަރސް ގިލްޑް ޕްލެޓްފޯމު ލޯންޗުކޮށްފި

3 months ago

އަފްރާހް

ދިރާގު ގޭމަރސް ގިލްޑް ޕްލެޓްފޯމު ލޯންޗުކޮށްފިއެވެ.


ޖުލައި 4 ވަނަ ދުވަހުގެ ރޭ ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމު ލޯންޗުކޮށްދެއްވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މިނިސްޓަރު ރާފިއު އެވެ.


މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި ޕްލެޓްފޯމަކީ އެ ކުންފުނިން ޒުވާނުން ބާރުވެރިކުރުވުމަށް ދޭ އަހައްމިއްޔަތުގެ ދަށުން، ރާއްޖޭގައި ޒުވާން ގޭމަރުންނަށް ފަހި ފުރުސަތުތަކެއް ހޯދާދިނުމުގެ ގޮތުން ގާއިމުކުރި ޕްލެޓްފޯމެއް ކަމަށެވެ.


މީގެއިތުރުން މިއީ ރާއްޖޭގެ ގޭމިންގ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްފޯމާ އެކު އީގޭމިންގ އިތުރު ހަރުފަތަކަށް ދާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް ވިދޅާުވިއެވެ.


މިނިސްޓަރ ރާފިއު ވިދާޅުވީ މިއީ މުސްތަގުބަލު އުޖާލާ ދާއިރާއެއް ކަމަށާއިި މިއީ ސަރުކާރުން ވެސް ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދޭނެ ގޭމަރުންތަކެއް ބިނާވެގެން ދިއުމަކީ އެމަނިކުފާނާއި ސަރުކާރުގެ ވެސް އުއްމީދު ކަމަށް ވިދާޅުވިއެވެ.


މި ޕްލެޓްފޯމުން ގޭމުކުޅެން ހާއްސަކޮށް ދިރާގުން ތައްޔާރުކޮށްފައިވާ ޑޭޓާ ޕެކުތައް ހިޔާރުކުރެވޭނެ އެވެ. އަދި މި ޕްލެޓްފޯމު މެދވެރިކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ބައިވެރިވެވޭނެއެވެ.


ދެ ދުވަހުގެ ވޯކް-އިން ގޭމިން މުބާރާތަކާއެކު މި ގޭމިންގ ޕްލެޓްފޯމު ލޯންޗުކޮށްފައިވާއިރު، ޝައުގުވެރިވާ ބައިވެރިންނަށް ޑީޖީޖީ ވެބްސައިޓް dgg.mv މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި މުބާރާތުގައި ރޮކެޓް ލީގް އަދި އީއޭއެފްސީ 24، މި ދެ ގޭމުގެ ތެރެއިން ބޭނުންވާ ގޭމެއްގައި ވާދަކުރެވޭނެއެވެ.


މި މުބާރާތުގައި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު