ސަމާލުވޭ! ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅުވައި، އެމްޓީސީސީގެ ނަމުގައި ސްކޭމެއް

3 months ago

އަފްރާހް

ޖަރުމަންގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅުވައި، އެމްޓީސީސީގެ ނަމުގައި ސްކޭމެއް ކުރިއަށްދާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.


މި ސްކޭމް ކުރިއަށް މިގެންދަނީ އެ ކުންފުނިން ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދިމާކޮށް ޕްރޮމޯޝަނެއް ކުރިއަށްގެންދާ ދުވަސްވަރެއްގައެވެ.


އެހެންވެ، އެމްޓީސީސީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުއްވި ބަޔާނެއްގައި ވަނީ އެ ކުންފުނީގެ ނަމުގައި މި ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް އޮޅުވާލައިގެން 'ފިޝިންގ ސްކޭމެއް" ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.


މީގެއިތުރުން އެ ކުންފުނީގެ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަކިވަގުތެއްގެކުރީން ރަޖިސްޓްރީވާންކަމަށް ބުނެ، އެސްއެމްއެސް މެސެޖެއް ނުވަތަ ލިންކެއް ފޮނުވާފައިވާނަމަ، އެކަމަށް ސަމާލުވެ ހުށިޔާރުވުމަށް ވަނީ އެދިލައްވާފައެވެ.


މިފަދަ ސްކޭމއްގައި ޖެހި ޕާސްވޯޑު ދެވިފައިވާނަމަ، އަވަހަށް ޕާސްވޯޑު ބަދަލު ކުރުމަށް ވެސް އެދިލައްވައެވެ. އަދި އިތުރުރައްކާތެރިކަމަށް އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ހަމަމިއާއެކު އެމްޓީސީސީން ވަނީ ޓޫފެކްޓަރ އޯތެންޓިކޭޝަން އެކްޓިވޭޓްކޮށްފައި ބެހެއްޓުމަށް ވެސް އިލްތިމާސް ކުރައްވައެވެ.


ރާއްޖޭގައި އެކި ދުވަސްވަރު ތަފާތު އެކި ޕްރޮމޯޝަންގެ ނަމުގައާއި ބޮޑެތި އިނާމު ލިބުނުކަމަށް ބުނެ، އެސްއެމްއެސް އާއި ފޯނު ކޯލުތައް ކޮށް، މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް އަތުލަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު