ގައުމިއްޔަތުގެ ދިފާއުގައި އެންމެ އަސަރާއެކު ވާހަކަފުޅުދެއްކެވީ ރައީސް: ޣައްސާން

3 months ago

އަފްރާހް

ގައުމިއްޔަތުގެ ދިފާއުގައި އެންމެ އަސަރާއެކު ވާހަކަފުޅުދެއްކެވި ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.


ޕީއެންސީގެ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އިންތިހާބުވުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ވެސް ގައުމިއްޔަތުގެ ދިފާއުގައި އެންމެ އަސަރާއެކު ވާހަކަފުޅުދެއްކެވި ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.


މީގެިއތުރުން އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ވެސް އެންމެ އިސްކަންދެއްވީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.


އެގޮތުން ރާއްޖޭގައި ގާއިމްވެތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް މަސައްކަތްޕުޅު ކުރެއްވީ ހިކުމަތްތެރިކަމާއެކުގައިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެގައުމާއެކު މަޝްވަރާކުރައްވައި، އެކަން ކުރިއަށްގެންދެވީ ރާއްޖެއަށް އެއްވެސް ގެއްލުމެން ނުވާނެހެން ޑިޕްލޮމަސީގެ ރީތި ނަމޫނާ ދައްކަވަމުންކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.


އެގޮތުން މޭ މަހުގެ 9 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭކަމަށް ވިދާޅުވާ ވިދާޅުވުން ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވަނީ ތަކުރާރު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު