ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު

3 months ago

އަފްރާހް

ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.


އެ އިދާރާ އިން ނެރުއްވާފައިވާ މޫސުމީ ބްލެޓިންގައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.


މީގެއިތުރުން ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ވިދާޅުވެފައެވެ.


ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމުގައި ވައި ޖެހޭނެކަަމަށް ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވާނެކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާއިރު، ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރައްވާފައިވަނީ ދެ ފޫޓާއި ފަސް ފޫޓަށެވެ.


ކިޔުންތެރިންގެ ހިޔާލު