ޚަތިމަކަށް ގެއްލުންދޭން އުޅުނު ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

3 months ago

އަފްރާހް

ޚަތިމަކަށް ގެއްލުންދޭން އުޅުނު ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގެ މިސްކިތެއްގައި އޮތް ޚަތިމަކަށް ގެއްލުންދޭން އުޅުނު މައްސަލައަކާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ބިދޭސީއެއް ކަމަށެވެ. އަދި އެއީ ބަންގްލަދޭޝް މީހެއް ކަމަށެވެ.


މި ޖުލައި މަހުގެ 6 ވީ ހޮނިހިރު ދުވަހު ހައްޔަރުކުރި މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހާޟިރުކޮށްފައިވަނީ ކްރިމިނަލް ކޯޓަށެވެ.


އެމީހާގެ ބަންދު އަމުރަށް އެދި ފުލުހުން ކޯޓަށް ހުށަހެޅި ރިޕޯޓުގައި ވަނީ އެ ބިދޭސީ މީހާ ވަނީ މިސްކިތެއްގައި އޮތް ޚަތިމެއްގައި ދަތް އަޅައި ވިދާލާފައެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.


މީގެއިތުރުން އޭނާ އަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ގޮޮސްދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު