ރައީސް ޑރ. މުއިއްޒު ރާއްޖެ ވަޑައިގެންފި

5 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.


އެދެމަފިރިކަނބަލުންގެ އެ ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރެެއްވި ޢުމްރާ ދަތުރުފުޅެކެވެ.


މި މެއި މަހުގެ 10 ން 15 ވަނަ ދުވަހަށް ކުރެއްވި މި ދަތުރުފުޅަށްފަހު ރައީސްގެ ދެމަފިރިކަނބަލުން ރާއްޖެ ވަޑައިގެންނެވީ މެއި 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.


މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންނެވިއެވެ.


މީގެއިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް އާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު