ތިން ގައުމެއްގެ އައު ސަފީރުންގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

3 months ago

އަފްރާހް

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.


ރައީސުލްޖުމްހޫރިއްގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ އުރުދުން، ޒެމްބިއާ އަދި ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ.


އެ ތިން ބޭފުޅުން ވެސް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ އެބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.


އުރުދުންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު،ހިޒް އެކްސަލަންސީ ޑޮކްޓަރ މައެން ޚުރައިސަތު އާއެކު ބައްދަލުކުރައްވައި، ކޮވިޑްގެ ދަތި ދުވަސްތަކުގައި ރާއްޖެއިން އުރުދުންގެ ރައްޔިތުނަށް ދެއްވި މެހެމާންދާރީއަށް ފަށްފަށުން ޝުކުރު އަދާ ކުރައްވާފައިވެއެވެ.


ޒެމްބިއާގެ އައު ސަފީރު، ހިޒް އެކްސަލަންސީ ޕަރސީ ޕެޓްސަން ޗަންދާ އާއެކު ބައްދަލުކުރައްވައި، ވިޔަފާރީގެ ގުޅުންތަކާއި ފަތުރުވެރިކަން ފުޅާކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.


ރޫމޭނިއާގެ އައު ސަފީރު، ހަރ އެކްސަލެންސީ ސްޓެލުޓާ އާރިހަޔަރ ބޭއްވެވި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާއި ދެގައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ.


މި ތިން ސަފީރުންނާއެކު ވެސް ދެގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު