އިންސާނީ ވަސީލަތާއި ގާބިލުކަން އިތުރުކުރުމަށް ތައިލެންޑާއެކު މަޝްވަރާކޮށްފި

5 months ago

އަފްރާހް

އިންސާނީ ވަސީލަތާއި ގާބިލުކަން އިތުރުކުރުމަށް ތައިލެެނޑާއެކު މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާ ކުރައްވާފައިވަނީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޕައިޓޫން މަހާޕަންނާޕޮން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އެރުވުމަށްފަހު، ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތައިލެންޑްގެ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.


މީގެއިތުުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާއިރު، މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަން ކުރިއެރުވުން ހިމެނެއެވެ.


ހަމަމިއާއެކު ސިއްހީ ދާއިރާ ފުޅާކުރުމާއި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާއި އިންސާނީ ވަސީލަތާއި ގާބިލުކަން އިތުރުކުރުން ވެސް ހިމެނެއެވެ.


ރާއްޖެއާ ތައިލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.


ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ތައިލެންޑް ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.


ކިޔުންތެރިންގެ ހިޔާލު