5 months ago
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ކޮރެއާ އާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލަންސީ މިޔޮންގ ލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އެރުވުމަށްފަހު، ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކޮރެއާގެ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މީގެއިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން ސިއްހީ ދާއިރާއާއި ފަތުރުވެރިކަމާއި، އާންމު ސިއްހަތާއި ގުޅޭ ދާއިރާއިން ފަންނީ ގާބިލުކަން ތަރައްގީކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
ރާއްޖެއާ ކޮރެއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮރެއާ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އެމަނިކުފާނު ހުންނަވާނީ ކޮލަމްބޯގައެވެ.