ގުދުރަތީ މުއްސަނދިކަން އޮތަސް ކޮރަޕްޝަން އާންމުވެއްޖެ ގައުމެއް ކުރިއަރައި ނުދާނެ: ނައިބު ރައީސް

3 months ago

އަފްރާހް

ގައުމަށް ގުދުރަތީ މުއްސަނދިކަމެއް ލިބިފައި އޮތްނަމަވެސް ކޮރަޕްޝަން އާންމުވެއްޖެނަމަ އެ ގައުމެއް ކުރިއަރައިގެން ނުދާނެކަމަށް ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އޭސީސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް ޑިޖިޓައިޒްޑް ޕްލެޓްފޯމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިން މުޖްތަމައު ބަރީއަވެފައި އޮތުން މުހިންމުކަމަށެވެ. އަދި ގައުމުގެ ތަހުޒީބާއި ތަމައްދުން ގެނެސް ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމުގައި ނަޒާހާތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ނައިބު ވަނީ ކޮރަޕްޝަނަށް ރައްޔިތުން ހޭލުންތެރިކުރުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކިބައިން ނައިބު އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު

ޑެވިލް

ކޮރަޕްޝަން ނެތިގެން ދާކަށް ރައްޔިތުން ނޭދޭ. ކޮންމެ އިންތިހާބެއްގަ ގައުމުގެ މެޖޯރިޓީ ތިބެނީ ރިޝްވަތު ކައިގެން ބަނޑު ފުރައިގެން.

3 months ago