ނޫސްވެރިކަމުގެ އިނާމަށް 18 ދާއިރާއަށް 88 ހުށަހެޅުން

3 months ago

ސާއި

ނޫސްވެރިކަމުގެ އިނާމު 2023 އަށް ނަން ހުށަހެޅުމުގެ ފުރުސަތުގައި 18 ދާއިރާއަށް 88 ހުށަހެޅުން ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވިދާޅުވެއްޖެއެވެ.


އެމްއެމްސީން ވިދާޅުވީ މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށް ކަމަށެވެ.


މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާއެވެ. އަދި ވިޔަފާރިއާއި އިގްތިސާދާއި ކުޅިވަރުގެ ދާއިރާ ވެސް ހިމެނެއެވެ.


މީގެއިތުރުން ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާއާއި ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ، ފީޗަރ ރިޕޯޓުގެ ދާއިރާ، ތާރީޚާއި ސަގާފަތުގެ ދާއިރާ ވެސް ހިމެނެއެވެ.


ދިވެހި ނޫސްވެރިންނަށް ހިތްވަރުދީ، ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން ދޭ މި އިނާމުގައި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ވެސް ހިމަނާފައި ވެއެވެ. އަދި އޯޑިއޯ ޖާނަލިޒަމްއާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމާއިި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.


މީގެއިތުރުން އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ވެސް މިއަހަރު ދިނުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު