ޔޫރޯ 2024: ހަނިމޮޅަކުން އިންގްލެންޑު ފައިނަލުގެ ފަހުޖާގައަށް

3 months ago

އަފްރާހް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހުޖާގަ އިންގްލެންޑުން ހޯދައިފިއެވެ.


އެ ޓީމުން މި ޖާގަ ކަށަވަރުކުރީ ސެމީފައިނަލުގެ ދެވަނަ މެޗު ކާމިޔާބުކޮށްގެންނެވެ. ނެދަލެންޑްސް އާ ބައްދަލުކުރި މި މެޗު އެޓީމުން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.


ފުރަތަމަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ނެދަލޭންޑްސް އިން ވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ. މިއީ ޒަވީ ސިމޯންސް ޖަހައިދިން ލަނޑެކެވެ.


އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެކުރިން އިންގްލެންޑުން ވަނީ ނަތީޖާ ހަމަކޮށްފައެވެ. 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ކެޕްޓަން ހަރީކޭން އެވެ.


ދެވަނަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އިންގްލެންޑު ފައިނަލަށް ގެންގޮސްދިން ގޯލު ޖެހީ ފުރިހަމަ ވަގުތުގެ 90 ވަނަ މިނެޓުގެ ތެރޭގައި ވަޓްކިންސްއެވެ. މިއީ ކެޕްޓަން ހެރީކޭންގެ ބަދަލުގައި ފަހުހާފުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ސްޕެއިން އާއި އިންގްލެންޑެވެ. މި މެޗު އޮންނާނީ ޖުލައި 15 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު