ރިސޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް ވެމްކޯ ނުކުންނަނީ

3 months ago

އަފްރާހް

ރިސޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވެފައިވަނީ އެ ހިދުމަތް ފެށުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓުތަކެއް މި މަހު ފަށާނެކަމަށެވެ. އެގޮތުން ރ. ބ އަދި ޅ އަތޮޅުގެ ރިސޯޓްތަކުގައި އެ ހިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ވެމްކޯ އިން ހާމަކުރައްވައެވެ. އަދިި ލިބޭ ތަރުހީބަށް ބެލުމަށްފަހު، އިތުރު އަތޮޅުތަކުގެ ރިސޯޓުތަކުގައި ވެސް ފަށާނެކަމަށް ވިދާޅުވެއެވެ.


މި ހިދުމަތް ވެމްކޯ އިން ފެށުމަށް ނިންމާފައިވާއިރު، އެންވަޔަރްމެންޓު މިނިސްޓަރ ތޯރިގް އިބްރާހިމް ވަނީ ބައެއް ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާ ކަމަށެވެ. 


މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަށް ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާއި ހަމައަށް އެކަށީގެންގޮތުގައި އެ ކުނިތައް ނުގެންދާތީކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު