ހިތަދޫ ޕޯޓަށް އަންނަ ބޯޓުފަހަރު އިތުރުވެ، އާމްދަނީ އިތުރުވުމަކީ އުއްމީދެއް: ވަޖީހު

3 months ago

އަފްރާހް

ހިތަދޫ ޕޯޓަށް އަންނަ ބޯޓުފަހަރު އިތުރުވެ، އެ ޕޯޓުގެ އާމްދަނީ އިތުރުވާތަން ފެނުމަކީ ވަރަށްބޮޑަށް ކުރައްވާ އުއްމީދެއް ކަމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީއަށް ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓު ފަހަރު މެދުވެރިކޮށް ޕެރިޝަބަލް ކާގޯ ގެނައުމާއި ހިތަދޫ ޕޯޓުގެ ހިދުމަތްތަކާއި ގުޅޭގޮތުން އެސިޓީގެ ބައެއް ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.


ވަޖީހު ވިދާޅުވީ މިއީ އައްޑޫގެ ވިޔަފާރިވެރިން ވެސް ބޭނުންވާ ކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި އުއްމީދަކީ ވެސް އެއީ ކަމަށެވެ.


މީގެއިތުރުން އައްޑޫ ސިޓީއަށް ދާއިމީގޮތެއްގައި ދަތުރުތައް ކުރިއަށްގެންދިއުމަށް ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާކަން ވަޖީހު ވަނީ ފާހަގަކުރައްވާފައެވެ.


އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންނަންފަށާފައިވާއިރު، މީގެކުރިން އިންޑިއާގެ ޓުޓިކޮރިނުން އައްޑޫ ސިޓީއަށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ގެންނަނީ ލަކުޑި ބޯޓުތަކުގައެވެ.


އެމްޕީއެލް އިން މި މަސައްކަތް ފެށީ މި ބޯޓުތަކަށް ދަތުރުކުރެވެނީ އަހަރުގެ ވަކި ދުވަސްކޮޅެއްގެ ތެރޭގައި ކަމަށްވާތީ، ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު