އެމްފައިސާ މެދުވެރިކޮށް ބަނޑޭރި ޕޭ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

5 months ago

އަފްރާހް

އުރީދޫ އެމްފައިސާ މެދުވެރިކޮށް ބަނޑޭރި ޕޭ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ ސަރުކާރުގެ އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ޕޯޓަލް ބަނޑޭރި ޕޭ ގެ ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ، ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.


އުރީދޫ އިން އިތުރަށް ވިދާޅުވީ މި ފަސޭހައާއެކު ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި، ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށެވެ.


އެގޮތުން ލައިސަންސް ފީ އާއި ސަރުކާރާ ގުޅުންހުރި އެހެނިހެން ފީ އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި މިހާރުދެއްކޭނެކަމަށް ވިދާޅުވިއެވެ.


އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭ އަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މިއީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެތް ކަމަށެވެ.


މީގެއިތުރުން އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށް ދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ.


އުރީދޫ އިން ގެންދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށް ފުޅާކުރަމުންނެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ ދައުރު އިތުރަށް ހަރުދަނާކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު