ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ

5 months ago

އަފްރާހް

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.


ކޮމަންވެލްތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާބެހޭ މަޝްވަރާތަކަކަށްފަހު، މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.


މިނިސްޓަރު ސައީދުގެ މި ދަތުރުފުޅުގެ މައިގަނޑު އެެއްބޭނުމަކީ އެގައުމުގެ މާލީ ވުޒާރާތަކުގެ އެހީތެރިކަން ރާއްޖޭގެ މާލީ ދާއިރާއަށް ހޯދައިދީ އެކަމަށް މަގުފަހިކުރުމެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސަރވިސް އޮޓޯރިޓީއާއި، ޑިވެލޮޕްމަންޓް ބޭންކާއި ގުޅޭ މުހިންމު ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު