ވެމްކޯ އަށް ތާރީހީ ދުވަހެއް، ރިސޯޓުތަކުން ކުނި އުކާލުމުގެ ޢަމަލީ މަސައްކަތް ފަށައިފި

3 months ago

އަފްރާހް

ރިސޯޓުތަކުން ކުނި އުކާލުމުގެ ޢަމަލީ މަސައްކަތް ވެމްކޯ އިން ފަށައިފިއެވެ.


އެ ކުންފުނިން މިކަން ހާމަކުރައްވައި، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި އެ ކުންފުނީގެ ހީވާގި މުވައްޒަފުން މިއަދު ވަނީ ރިސޯޓުތަކުން ކުނި އުކައިލުމުގެ ޢަމަލީ މަސައްކަތް ފަށާފައި ކަމަށެވެ.


މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ލިބޭ އިތުރު ކުރިެރުމަކަށްވާނެ ކަމަށް ވެސް ވެމްކޯ އިން ވިދާޅުވެއެވެ.


ރިސޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް ރ. ބ އަދި ޅ އަތޮޅުގެ ރިސޯޓްތަކުގައި ފަށާފައިމިވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތަގައެވެ. އެހެންނަމަވެސް ލިބޭ ތަރުހީބަށް ބެލުމަށްފަހު، އިތުރު އަތޮޅުތަކުގެ ރިސޯޓުތަކުގައި ވެސް އެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.


މި ހިދުމަތް ވެމްކޯ އިން ފަށާފައިވާއިރު، ބައެއް ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.


މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަށް ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާއި ހަމައަށް އެކަށީގެންގޮތުގައި އެ ކުނިތައް ނުގެންދާތީކަަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު