ކުރިނބީ އަށް ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި

3 months ago

އަފްރާހް

ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.


އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ސައިޓުގައި ކުރިއަށްދާ ކަމަށެވެ. އަދި އައު ބަނދަރުގެ ވެސް 51 އިންސައްތަ މިހާރުވަނީ ފުންކޮށްފައި ކަމަށެވެ.


މި މަޝްރޫއުގެ ދަށުން 7,071 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި 32,381 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އައު ބަނދަރު ފުންކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވެސް ނިންމާފައިވެއެވެ. އަދި އެކްސަސް ޕްލެޓްފޯރމެއް ގާއިމުކޮށް، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓު ވެސް ހަދާނެއެވެ.


ހަމަމިއާއެކު ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭއިރު، މިއީ 42.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު