މިސްކިތްތަކުގައި ޤާރީ ކްލާސް ހިންގުމަށް ހުއްދަ ދެނީ

3 months ago

އަފްރާހް

މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމަށް ހުއްދަ ދިނުމަށް ނިންމައިފިއެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހުއްދަ މި ހަފުތާފައި އަރުވާނެކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ލުމަށް ވެސް މި ހަފުތާގައި ހުޅުވައިލާނެ ކަމަށެވެ.


މީގެއިތުރުން އަދި މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދެވޭނެކަން ހާމަކުރައްވައި، ވަނީ ރާއްޖޭގެ ހާފިޒުން ދަސްވެނިވާއިރު ލާ ގައުން ފަރުމާކުރުމަށް ވެސް އަންނަ ހަފުތާގައި އިއުލާންކުރައްވާނެކަން ހާމަކުރައްވާފައެވެ.


މިނިސްޓަރ ވަނީ އެ ގައުންތަކުން އިސްލާމީ ސަޤާފަތާއި ޢިލްމާއި ޙަޟާރަތުގެ ރަމްޒުވާނެކަން ވެސް ހާމަކުރައްވާފައެވެ.


މިސްކިތްތަކުގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތަކަކީ މީގެ އަހަރުތަކެއް ކުރީން ކުރަމުން އައި ކަމެއް ނަމަވެސް އެކަން މިހާރުވަނީ ގާތްގަޑަކަށް ހުއްޓިފައެެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން އަދި އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރެއްވުމާއެކު، ރާއްޖޭގައި އިސްލާމީ ދީނީ ދަންމަރުގެ އަލިކަން ފުޅާ ކުރެއްވުމަށް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

ާއެދުރު

ކީރިޤުރްއާނަށް ލޯބިޖެއްސުމަށް ސްކޫލްތަކުގަ ޕޮލެސީ ލެވެލްގައި މިކަން ކޮށްބަލަ ޤާރީކޯސް ހިންގިޔަސް ދަރިވަރުންގެ ހިތްތަކުގަ މިއަށް ލޯބި ނުޖެއްސޭނެ

3 months ago