ބަޖެޓަށް ވުރެ މަޝްރޫއުތައް ގިނަވުމަކީ ކަންބޮޑުވުމެއް: މިނިސްޓަރ ރާފިއު

3 months ago

އަފްރާހް

މިހާރުވެސް ދެ އަހަރު ނުވަތަ ތިން އަހަރު ލަސްވެފައިވާ މަޝްރޫއުތައް އެބަހުރި ކަމަށާއި ބަޖެޓަށް ވުރެ މަޝްރޫއުތައް ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދު ރާފިއު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވި މަޝްރޫއުތައް ލަސްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.


ލަސްވެ މަސައްކަތް ކުރިއަށް ނުގޮސް ހުރި މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިގޮތަށް ހުރި ގިނަ މަޝްރޫއުތައް ލަސްވީ ކީއްވެެތޯ ބަލަމުންދާކަން ފާޙަގަކުރައްވާފައެވެ. އަދި ބައެއް ފަހަރަށް ބަޖެޓުގައި މަޝްރޫއު ނިންމޭ ވަރަށް ފައިސާ ނުހުންނަކަން ވެސް ފާހަގަކުރެއްވިއެވެ.


މިނިސްޓަރ ވިދާޅުވީ ބަޖެޓު ކުޑަ ކުރާއިރު، މަޝްރޫއުތައް މަދު ނުކުރާ ކަމަށާއި ފައިސާ މަދުކުރުމުން މަޝްރޫއުތައް ފަށަން ބޭނުންވާ ވަރަށް ވެސް ފައިސާ ނުހުންނަ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވަނީ މަޝްރޫއެއްގެ ފައިސާ މަދު ކުރިނަމަވެސް، މަދުވެގެން ދެބައިކުޅަ އެއްބައި ހިމަނައި ދިނުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު