ގއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށަނީ

3 months ago

އަފްރާހް

ގއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.


މި ފަހުމުނާމައިގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއީ ގއ. އަތޮޅު ކައުންސިލްއާ ދެމެދު ސޮއިކޮށްފައިވާކަން ހާމަކުރެއްވީ ޖުލައި 17 ވީ ބުދަ ދުވަހުއެވެ.


ޑީއެންއާރް ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޑިޕާޓްމެންތް ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަޙްމަދު އާލީއެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް ޢިބްރާޙީމް ޝަހީންއެވެ.


ޑީއެންއާރް އިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މި ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަކަމާއި އެކު ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.


މީގެއިތުރުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެ އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށޭނެކަމަށް މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު

ކަމަނަ

ކޮންމެ އަތޮޅެއްގައި ވެސް މިކަހަލަ ކަނަކން ކުރާނީ އަތޮޅުވެރިކަން ކުރާ ރަށުގަ ނޫންބާ. ދެން ހަމަ ޖެހޭތަ ރަށާ، ޕްރިންޓުކުރާ މެޝިނުގެ ނަމާ ހުރިހާ ކަމެއް ހަބަރުގަ ލިޔަން.. ދެރަވަރު ދޯ

3 months ago

ޢުމަރު

ހަބަރު ކިޔާ ނިމުނު އިރު އެއީ ކޮންރަށެއްކަންވެސް ލިޔަފަނެތް، އެހާ ބުރަނަމަ ހަބަރު ނުލިޔަންވީނޫން، ދެން ކިޔާމީހުން ބަލަންވީ ކޮންރަށެއްތޯ އެހެންނޫން.؟

3 months ago