ސްޓެލްކޯގެ ނޮލެޖު ހަބް، އެމްޑީގެ އުއްމީދުން ފުރިފައިވާ މަންސައެއް

3 months ago

އަފްރާހް

ސްޓެލްކޯ އިން "ނޮލެޖު ހަބް' ގެ ނަމުގައި ފެށި ހާއްސަ ޕްރޮގްރާމަކީ އުއްމީދުން ފުރިފައިވާ ޕްރޮގްރާމެއް ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ ޕްރޮގްރާމު އިފްތޔިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


އެމްޑީ ވިދާޅުވީ މިއީ އެ ކުންފުންޏަށް ވަރަށް ވެސް ތާރީޚީ ކަމެއް ކަމަށާއި މިއީ ކުންފުނީގެ މުސްތަގުބަލު ރާވާ މަންސަ (ޕްލެޓްފޯމް) އަކަށް ވުމަކީ ވަރަށްބޮޑަށް ކުރައްވާ އުއްމީދެއް ކަމަށެވެ.


އޭގެ އެނެމްބޮޑު ހެއްކަކީ ސްޓެލްކޯއަކީ އުމުރުން ދުވަސްވެފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވައި ވިދާޅުވީ މި ހަބަކީ އީޖާދީ ވިސްނުމާ ހިދުމަތުގެ އެންމެ މަތީ ގިންތިއަށް ވާސިލް ވުމުގެ އަޒުމުގައި ފެށި ހަރަކާތެއް ކަމަށެވެ.


މީގެއިތުރުން މުވައްޒަފުންގެ މެދުގައި ނަފްސު ތަރައްގީ ކުރުމުގެ ރޫހާއި ބަދަހިކަމާއެކު ގުޅިގެން ކުރިއެރުވުމުގެ ފިކުރު އަށަގެންނެވުމަކީ މި ހަބުގެ މައިގަނޑު އެއް އަސާސް ކަމަށް ވެސް ވިދާޅުވިއެވެ.


މި ޕްރޮގްރާމުގެ ދަށުން މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ ޓްރެއިނަރުން އުފައްދައި، ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް ބިނާކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު