ކާނާ ވިހަވެ 5 ފުލުހަކު އައިސީޔޫގަ، އެކަކުގެ ހާލު ސީރިއަސް

5 months ago

އަފްރާހް

ތަމްރީނު ހަދަމުންދިޔަ ފުލުހުންތަކެއް ކާނާ ވިހަވެގެން އެނދުމަތިކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކާނާ ވިހަވެފައިވަނީ އައްޑޫ ސިޓީ ޕޮލިސް ކޮލެޖުގައި ތަމްރީނު ހަދަމުންދިޔަ ދަރިވަރުންތަކެއް ކަމަށެވެ. އަދި އެ ދަރިވަރުންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަަމަށެވެ.


ފުލުހުން ވިދާޅުވީ ޝައްކުކުރެވެނީ ކާނާ ވިހަވީކަމަށް ކަމަށާއި ބައެއް ދަރިވަރުންނަށް ފަރުވާ ދިނުމަށްފަހު އަނބުރާ ކޮލެޖަށް ގެންދަމުން އަންނަކަަމަށެވެ.


މި ހާދިސާގެ އަދާހަމަ ދެއްވަމުން ފުލުހުން ވިދާޅުވީ ފަސް ދަރިވަރުންނަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށާއި އެއްދަރިވަރުގެ ހާލު ސީރިއަސް ކަމަށެވެ. އަދި 32 ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތިކުރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު