ޔޫއެންއޯޑީސީން ރާއްޖެއަށް ދެ ޑްރޯން ހަދިޔާކޮށްފި

3 months ago

އަފްރާހް

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ސަރުކާރަށް ދެ ޑްރޯން ހަދިޔާކޮށްފިއެވެ.


ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަދިޔާކުރި ޑްރޯންތައް ހަވާލުކުރުމަށް ހޯމް މިނިސްޓްރީގައި ޖުލައި 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަެރާތުން ޑްރޯންތަކާ ހަވާލުވުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޢަލީ އިޙްސާނުއެވެ. ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ މި ޑްރޯންތަކާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުންކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށެވެ. އަދި ކޯސްޓް ގާޑުން ހިންގާ އޮޕަރޭޝަންތަކުގައި މެރިން ޕޮލިހަށް ވެސް އެހީތެރިވެވޭނެކަމަށެވެ.


މީގެއިތުރުން ކަނޑުމަތީގެ ނިރުބަވެރިކަމާއި ކައުންޓަރ ޓެރަރިޒަމާ ދެކޮޅަށްކުރާ މަސައްކަތްތަކަށް ވެސް ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވިއެވެ.


ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ދެ ޑްރޯނެވެ. މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު