5 months ago
ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ ގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 އިންސައްތަ ވޯޓުންނެވެ.
މިޖަލްސާގައި ފައިބެއަހަރުގެ ޔައުމިއްޔާ ފާސްކޮށް، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕަރޓްނަރސް ވަނީ ހަމަޖައްސާފައެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ 498،960 ރުފިޔާއެވެ.
އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރެއްގެ ގޮތުގައި ހޮވީ ނަޞްރަތު މުޙައްމަދާއި މުޙައްމަދު އިމްރާން ޢަދްނާނެވެ.
އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުން ފައިުބެއަހަރު އާމްދަނީގެ ގޮތުގައި 3.24 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރަސްވުރެ 31 އިންސައްތަ އިތުރު އަދަދެކެވެ.
އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ކުންފުނި ހިންގައިގެން ވަނީ 336.77 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2022 ވަނަ އަހަރު ކުންފުނި ހިންގުމުގެ ފައިދާގެގޮތުގައި ލިބުނު އަދަދަށްވުރެ 4 އިންސައްތަ އިތުރު އަދަދެކެވެ.