ވިޔަފާރިފަދަ ދާއިރާތަކުގައި އަންހެނުން އިސްނެގުމަށް މިނިސްޓަރ މާރިޔާ އިލްތިމާސް ކުރައްވައިފި

3 months ago

އަފްރާހް

ޗައިނާއަކީ ވަރަށް ހިތްހެޔޮ، ދީލަތި އަދި އެކުވެރި ރަތްޔިތުންތަކެއް ދިރުއުޅޭ ގައުމެއް ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ އެގައުމަށް ކުރެއްވި ދަތުރުފުޅާއި ބޭހޭ ގޮތުން އެކަމަނާގެ ފޭސްބުކް ޕޭޖަށް ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވީ ފީމެއިލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމުގެ ސަބަބުން ވަރަށް މުހިންމު ގިނަ ކަންކަންތަކެއް ވެސް ދަސްވި ކަމަށެވެ.


އެގޮތުން އަންހެނުން ބާރުވެރިކުރުވުމުގައި އަންހެނުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ދަސްވި ކަމަށާއި މަސައްކަތުގެ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޑިޖިޓަލް ވަސީލަތްތަށް ބޭނުންކުރުމުގެ މުހިންމުކަން ދަސްވިކަން ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީ އާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުގައި ގިނަ އަންހެނުންގެ ބައިވެރިވުމުގެ މުހިންމުކަން ވަރަށްބޮޑަށް ދަސްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ މާރިޔާ ވަނީ އަންހެނުން އެކަކު އަނެކަކަށް އެހީވެ، ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިވެރިކަން ފަދަ ދާއިރާތަކުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.


މިނިސްޓަރ ވަނީ ޗައިނާ އިން މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު