ރާއްޖޭގައި ތިން ހޮސްޕިޓަލެއް އަޅަން ސައުދީން 50 މިލިއަން ޑޮލަރު

5 months ago

އަފްރާހް

ރާއްޖޭގައި ތިން ހޮސްޕިޓަލެއް އަޅަން ސައުދީން 50 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެއެވެ.


ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ރާއްޖޭގައި ތިން ހޮސްޕިޓަލް އަޅަން ލޯނު އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މެއި 16 ވަނަ ދުވަހުއެވެ.


ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ. މުހައްމަދު ޝަފީގުއެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދުއެވެ.


މި ފަހުމުނާމައިގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ފަންޑުން 50 ދޭ 50 މިލިއަން ޑޮަލރުގެ އެހީގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ހޮސްޕިޓަލްތައް އިމާރާތްކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.


މީގެއިތުރުން އެގައުމުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ތަރައްގީކުރުމަށް މިހާރުކުރިއަށްދާ މަޝްރޫއުތައް ނިންމުމަަށް 100 މިލިއަން ޑޮލަރު ވެސް ދީފައެވެ. 


ކިޔުންތެރިންގެ ހިޔާލު