ދިވެހީންގެ އެހީގައި ހިދުމަތް ޖަމިއްޔާ އިން ހިތާދޫ ކުޑަމިސްކިތުގައި ނެވިލޯން އަޅައިފި

3 months ago

އަފްރާހް

ދިވެހީންގެ އެހީގައި ހިދުމަތް ޖަމިއްޔާ އިން ހިތާދޫ ކުޑަމިސްކިތުގައި ނެވިލޯން އަޅައިފިއެވެ.


ހިދުމަތް ޖަމިއްޔާ އިން މީޑިއާ އަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ މިސްކިތުގެ ހަލާކުވެފައިވާ ކާޕެޓް ބަދަލުކޮށް ނެވިލޯން އަޅާފައި މިވަނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު އެ ޖަމިއްޔާ އިން އިސްނަގައިގެން ކަމަށެވެ.


އެ ޖަމިއްޔާ އިން ވިދާޅުވީ މި މަސައްކަތް ކުރެވިފައި މިވަނީ މިސްކިތުގެ ކާޕެޓް ހަލާކުވުމުގެ ސަބަބުން ކާޕެޓުން ކުނޑި އައިސް އާންމުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދާތީ، ކައުންސިލުގެ އެދިލެއްވުމާއި ގުޅިގެން ކަމަށެވެ.


ހިދުމަތް ޖަމިއްޔާއަކީ ހާލުގައި ޖެހިފައިވާ ނުވަތަ ކެރިފޯރުންތެރިކަން ނުހުންނަ ފަރާތްތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމަިއްޔާއެކެވެ. އަދި އެ މަސައްކަތް ވަރަށް އެދެވޭ ގޮތެއްގައި ކުރަމުން އަންނަ ފަތާތެއްކަމުގައިވާއިރު، ދިވެހީންގެ އެހީތެރިކަމާއެކު އެ ޖަމިއްޔާ އިން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް މިފަދަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވަމުންނެވެ.


ހާއްސަކޮށް އިޒްރާއީލުގެ އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާޅުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް މެދުކެނޑުމެއް ނެތި އަންނަނީ އެހީތައް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު