ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ކުރިއަށްގެންދިޔަ ބްރިޖް މަޝްރޫއުގެ ނިމުން ފާހަގަކޮށްފި

5 months ago

އަފްރާހް

ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމަށް ކުރިއަށްގެންދިޔަ ބްރިޖް މަޝްރޫއުގެ ނިމުން ފާހަގަކޮށްފިއެވެ.


ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ނިމުން ފާހަގަކޮށް، ބްރިޖުތައް އިފްތިތާހުކޮށްދެއްވީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދުއެވެ.


މި މަޝްރޫއަށް ސައުދީން ވަނީ 80 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމަށް ތަރައްގީކުރި 4 ބްރިޖްގެ މަސައްކަތާއި ބްރިޖް ދަށުން ހަދާފައިވާ ޗެނަލްގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އަދި ދެެވަނަ ފިޔަވަހިން ބައެއްގެ ބަނދަރު ސަރަހައްދު ތަރައްގީކޮށްފައި ވެއެވެ.


މީގެއިތުރުން ދެވަނަ ފިޔަވަހީގެ އިގްތިސާދީ ސަރަހައްދު ގުޅުވާލަދޭ ސަރަހައްދުގައި ހަދާފައިވާ ބްރިޖާއި ޗެނަލްގެ މަސައްކަތް ވެސް ކުރިއަށްގެންގޮސްފައި ވެއެވެ.


މިކަމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެސްއެފްޑީގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޚާއްސަ ވަފުދާއި މާލީ ވަޒީރު މުޙައްމަދު ޝަފީޤް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު އަދި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 


ކިޔުންތެރިންގެ ހިޔާލު