ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ ނިސްބަތް މައްޗަށް

3 months ago

އަފްރާހް

ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ ނިސްބަތް މައްޗަށް އަރަމުން އަންނަކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 1.09 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ފައިބެއަހަރުގެ މިމުއްދަތާއި އަޅާބަޅާއިރު، 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.


މީގެއިތުރުން މިމަހުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 76837 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 11.8 އިންސައްތަ އިތުރު އަދަދެކެވެ.


ވަކި ވަކި ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގާ އޮތީ ޗައިނާއެވެ. އެގައުމުން 136728 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގާ ރަޝިއާ އޮތީ 114981 ފަތުރުވެރިން ރާއްޖެއަށް އައިސްގެންނެވެ. އަދި އިނގިރޭސިވިލާތަށް ލިސްޓުގެ ތިންވަނަ ލިބެނީ 98775 ފަތުރުވެރިން އައިސްފައިވާތީއެވެ.


ލިސްޓުގެ ހަތަރުވަނައިގާ އިޓަލީވިލާތް 83460 ފަތުރުވެރިންނާއެކު އޮތްއިރު، ޖަރުމަންވިލާތް ފަސްވަނައިގާ އޮތީ 81895 ފަތުރުވެރިން ރާއްޖެއަށް އައިސްގެންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 7 ދުވަހު ރާއްޖޭގައި ހޭދަކުރާކަމަށް ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު

ހިޔަލަ ޕެއާ

ކައްޒާބުންގެ މި އީރާގައި ކިތަންމެ އެރައިވަލް ގިނަވިޔަސް ލިބޭ ޑޮލަރެއް ނުފެނޭ ....ދިރުވާލަނީ ތޯޗެއް

3 months ago