ތިންމަސް ތެރޭގައި ގޯތި ހަވާލުކުރާގޮތަށް މަޖިލީހުން ފާސްކުރި ބިލު، ރައީސް ތަސްދީގެއް ނުކުރެއްވި

5 months ago

އަފްރާހް

ތިންމަސްދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރާގޮތަށް މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.


މިއީ ނިމިިދޔަ އެމްޑިޕީ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާއިބެހޭ ގާނޫނަށް ގެނައި އިސްލާހެކެވެ.


ރައީސް އޮފީހުން ވިދާޅުވީ ބިމާއިބެހޭ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މެއި 16 ވަނަ ދުވަހު ފޮނުއްވާފައިވާ ކަމަށެވެ.


19 ވަނަ ރައްޔިތުންގެ މަޖުލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު ފަރާތަށް ހަވާލުކުރަންޖެހޭނެ ކަމަށެވެ.


މީގެއިތުރުން އެ ބިލު ފާސްވެ، ގާނޫނަކަށް ވުމުން، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށް ފަހު، ހަވާލުކޮށްފައިނުވާ ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގާނޫނަށް ޢަމަލު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތަށް ހަވާލު ކުރަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު