މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު

3 months ago

އަފްރާހް

މިއަހަރު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައި، ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފިސް) އިން އިންތިޒާމްކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ބާއްވާ އަހަރީ ފައިނޭންސް ފޯރަމެވެ.


މި ފޯރަމްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެއެވެ.


ދިރާގުން ވިދާޅުވީ އަނެއްކާ ވެސް މި ފޯފރަމްގެ ޑިޖިޓަލް ޕާޓްނަރއަށް ވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.


މި ފޯރަމް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖުލައި 22 ވާ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. 


ކިޔުންތެރިންގެ ހިޔާލު