5 months ago
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ދަނީ ކުރިއަށް ކަމުގައި އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ވިދާޅުވީ މި މަސައްކަތުގެ 60 އިންސައްތަ ނިމި، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
މިއީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.