އެމް.ޕީ.އެލް ގެ ފުރަތަމަ ބޮންޑް ކޫޕަންގެ ފައިދާ އިންވެސްޓަރުންނަށް ޖަމާކޮށްފި

3 months ago

އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ ބޮންޑުގައި އިންވެސްޓުކުރި ފަރާތްތަކަށް ފުރަތަމަ ކޫޕަން ޕޭމެންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.


މިއީ އެ ކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު 11 އޭޕްރިލް 2023 ގައި ހުޅުވާލިއިރު މި ބޮންޑަށް ގިނަ ފަރާރްތަކުން އިންވެސްޓުކޮށްފައި ވެއެވެ. މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް 4 ޖުލައި ގައި ވަނީ ޖަމާކޮށްދީފައެވެ.


މި ކުންފުނީގެ ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ ޙައިސިއްޔަތުން މަސައްކަތްކޮށްފައިވަނީ ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.


މިފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތުތަކެކެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.  


ކިޔުންތެރިންގެ ހިޔާލު