ލީން ސްޓާޓަޕް މޯލްޑިވްސްގެ އައްޑޫ އެޑިޝަން ވޯކްޝޮޕް ނިމިއްޖެ

3 months ago

އަފްރާހް

ލީން ސްޓާޓަޕް މޯލްޑިވްސްގެ އައްޑޫ އެޑިޝަން ވޯކްޝޮޕް ނިމިއްޖެއެވެ.


ރައްޖޭގެ މުވާސަލާތީ ހިދުމަތުގައި އެންމެ ފުންނާބު އުސް ކުންފުނި ދިރާގާއި ސްޕާކްހަބް ގުޅިގެން މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 19 އިން 21 އަށެވެ.


ޖުމްލަ 50 ބައިވެރިންނާއެކުު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރި ކުރިއެރުވުމަށް ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެ ގޮތް ބައިވެރިން ވަނީ ދަސްކޮށްފައެވެ.


ދިރާގުން ވިދާޅުވީ އައްޑޫ އެޑިޝަނަކީ ޕްރޮޑަކްޓް، ކަސްޓަމަރު އަދި ވިޔަފާރި މޮޑެލް ބިނާކުރުމަށް ބޭނުންވާ "ލީން މެތަޑޮލޮޖީ" އާއި ޢަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދޭ ބޫޓްކޭމްޕެއް ކަމަށެވެ. އަދި އުއްމީދަކީ ޒުވާނުންނަށް ވިޔަފާރިވެރިކަމާއި އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޒަރޫރީ އިލްމާއި ވަސީލަތްތަކާއި ވިސްނުން ދަސްކޮށްދިނުން ކަމަށެވެ.


މީގެއިތުރުން ލީން މެތަޑޮލޮޖީގެ އުސޫލުތައް އެފަރާތްތަކުގެ މަސައްކަތުގެ އެކި ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް ބޭނުން ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު، ވޯކްޝޮޕްގައި އެ ބައިވެރިން ހޯދާފައި ކަމަށް ވެސް ދިރާގުން ވިދާޅުވިއެވެ. އަދި ކަސްޓަމަރ ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަންގެ ޒަރިއްޔާއިން ހިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއް ވެސް ބައިވެރިންނަށް ލިބިގެންދިޔަކަން ދިރާގުން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު