މާލޭގެ ބައެއް ސަރަހައްދުން ދެ ގަޑިއިރަށް މިއަދު ކަރަންޓު ކެނޑޭނެ

3 months ago

އަފްރާހް

މާލޭގެ ބައެއް ސަރަހައްދުން ދެ ގަޑިއިރަށް މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެްކޯ އިން ހާމަކުރައްވައިފިއެވެ.


ސްޓެލްކޯ އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ ކަރަންޓު ކަނޑައިލަނީ އެ ކުންފުނީގެ ކަރަންޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.


އެގޮތުން މުއިވެޔޮމަގު، ނަސީމީ ހިނގުން އަދި ޖަވާހިރު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 2 ން ފެށިގެން ހަވީރު 4 ޖަހަންދެން އެ މަސައްކަތް ކުރާނެ ކަަމަށް އެ ޕޯސްޓުގައި ވެއެވެ.


އެ މަސައްކަތް ކުރަމުންދާ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު