އެސްޓީއޯ އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފްކޮށްފި

2 months ago

އަފްރާހް

އެސްޓީއޯ މެޑިކަލް ސަރވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފް ކޮށްފިއެވެ.


ލޮނުޒިޔާރަތް ޕާކުގައި ޖުލައި 14 ވީ ބުދަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި މި އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވެވީ ސްޓޭޓް މިނިސްޓަރ އޮފް ހެލްތް އާމިނަތް ޝިރުނާ އެވެ.


އަލަށް ތައާރަފް ކުރެވިފައިވާ އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއަރ ޓެސްޓުތައް ހެދޭނެއެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެކެވެ. 


މި އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން ފާހަގަ ކޮށެލެވެއެވެ.


މިނިސްޓްރީ އޮފް ހެލްތް، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްތަކުން ހާޒިރުވި މި ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި އަދި ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.


އެސް.ޑީ ބަޔޯސެންސަރ އަކީ ސައުތް ކޮރެއާ އަށް ނިސްބަތްވާ ކުންފުންޔެކެވެ. މި ކުންފުންޔަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޔެކެވެ. 


މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެކެވެ.  


ކިޔުންތެރިންގެ ހިޔާލު