ތިނަދޫ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިމިއްޖެ

2 months ago

އަފްރާހް

ގދ. ތިނަދޫ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިމިއްޖެއެވެ.


އެސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާ ހަަވާލު ކުރީ 2021 ގެ 8 އޭޕްރިލް ގައެވެ.


ޖުމްލަ 78,800,081.10 ދިވެހި ރުފިޔާގެ މި މަޝްރޫއުގެ ދަށުން 19 މަގެއް ތަރައްގީކޮށްފައިވާއިރު، މިހުރިހާ މަގެއްގައި އެކު ޖުމްލަ 7.8 ކިލޯ މީޓަރުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެސިޓީގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އާރުޑީސީގެ ސައިޓު ގާއިމުގެ ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.


އެއާއެކު ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ ޕްރީ ކާސްޓްގެ މަސައްކަތް ފަށައި، 2022 ވަނަ އަހަރު މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ރޯމެޓީރިއަލް އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފޮނުވިއެވެ.


މި މަޝްރޫއުގެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދިޔައިރު، ކުރިއަށްދިޔައީ މަޑުފެހި މަގުގެ ސައިޑް ވޯކް ކޮންކުރިޓް ކީވޯލް އެޅުމާއި އާބާދީ ހިނގުމުގައި ޕޭވް ކުރުމުގެ މަސައްކަތް އަދި އެހެންވަގުތަކުގައި ވެސް މި މަސައްކަތްތަކެވެ. 2023 ވަނަ އަހަރުގެ އޭޕްރިލް މަހަށް އެޅުނު އިރު، އާބާދީ ހިގުމާއި އޯކިޑްމަގާއި ރަނަހަމައިދިމަގުގައި އޭބީސީ ލޭޔަރ އެޅުމަށް ތައްޔާރުވުމުގެ ގޮތުން މަގުތަކުން ވެލިނަގައި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރެވުނެވެ.


މީގެއިތުރުން އާބާދީ ހިނގުމުގެ ތާރު އަޅާ ސަރަހައްދުގައި ބިޓުމެން (އެމްސީ-30) ސްޕްރޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. 2023 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހަކީ ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުން އައި މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފެއްޓި ދުވަހެވެ.


މިމަޝްރޫއު މި ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓް އުސޫލުން 64 ފަރާތެއް މުވައްޒަފުންގެ ގޮތުގައި އާރުޑީސީގެ ވަޒީފާއަށް ނެގިއިރު، އެ ހުރިހައި އެންމެންނަކީ ވެސް އެ ސިޓީގެ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު