އުރީދޫގެ ފުރަތަމަ ޑިޖިޓަލް ރަށުގެ ގޮތުގައި ލަންދޫ

5 months ago

އަފްރާހް

އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހުކޮށްފިއެވެ.


މިއީ ރަށްތައް ޑިޖިޓަލްކޮށް ރާއްޖޭގެ ހުރިހައި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް އެކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.


އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ އެމް-ފައިސާ، ލަންދޫގައި މިދިޔަ އަހަރު ބޭނުންކުރަން ފެށުމަކީ އެރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އޭނާ ވިދާޅުވީ ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އަށްޑިހަ އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތައް ކަމަށެވެ.


ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް އާންމު ހިދްމަތްތަކާއި މުޅި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް ކަމަށެވެ.


އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުންހިފައި، އޭއައިގެ އެހީގައ މި އައު ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު