ކާގޯ އޮޕަރޭޝަންގެ ޢަމަލީ ތަޖުރިބާ ހުރިހައި މުވައްޒަފުން ހޯދުން މުހިންމު: ވަޖީހު

2 months ago

އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ މެނޭޖްމަންޓުގެ އިސް ފަރާތްތަކުން ޕޯޓުގެ ކާގޯ އޮޕަރޭޝަންސްގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފިއެވެ.


އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު ވެސް ހިމެނިވަޑައިގަންނަވާހެން އިސްފަރާތްތަކުން ކާގޯ އޮޕަރޭޝަންގައި ބައިވެރިވީ ޕޯޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.


ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި ޕްރޮގްރާމުން ކުންފުނީގެ ހުރިހައި ވެރިންނަށް ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތަކަށް ހައްލުކުރާނެ ގޮތްތަށް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން ޑިޕާޓްމަންޓްތަކުން މުވައްޒަފުން ގެނެސްގެން ވެސް މަސައްކަތަށް ބޭނުންވާ އަދަދަށް މުވައްޒަފުން ފިލް ކޮށްލެވޭނެކަަމަށް ވިދާޅުވިއެވެ.


"އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާއި އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް." ވަޖީހް ވިދާޅުވިއެވެ.


މީގެއިތުރުން އެ ކުންފުނީގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ ޢަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހައި މުވައްޒަފުން ވެސް ހޯދަން ޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުންފުނީގެ ހުރިހައި މުވައްޒަފުން ވެސް ކާގޯ އޮޕަރޭޝަންސްގެ ޢަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު