މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ

5 months ago

އަފްރާހް

މި ހިނގާ މެއި މަހުގެ 23 ވާ ބުރާސްފަތި ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކުރައްވައެވެ. އަދި ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށާއި މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސްތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.


މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުމަށް ފެށިފައިވާއިރު، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.


އެ އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާއި ހަމައަށް ދެމިގެންދޭނެއެވެ. އާންމުކޮށް އިރުވައި މޫސުން އޮންނަނީ ޖެނުއަރީ މަހުން މާރޗު މަހަށެވެ.


ކިޔުންތެރިންގެ ހިޔާލު