މޯލްޑިވިއަން އަށް ވައިޑްބޮޑީ މަތިންދާ ބޯޓު ގެނައުމަށް ސޮއިކޮށްފި

2 months ago

އަފްރާހް

މޯލްޑިވިއަން އަށް ވައިޑްބޮޑީ މަތިންދާ ބޯޓު ގެނައުމަށް ސޮއިކޮށްފިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއެްގޮަތަށް މޯލްޑިވިއަން އިން ގެންނަނީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމަށްވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެކެވެ.


މިކަމުގެ ފަހުމުނާމައިގާ ސޮއި ކުރައްވާފައިވަނީ ރާއްޖޭގެ ގައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑާއި ޓްރޫނޯޑްއާ ދެމެދުގައެވެ.


މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގައި ވައިޑް-ބޮޑީ އެއަރކްރާފްޓުގެ ދަތުރުތައް ފެށުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ހަގީގަތަކަށްވެގެން މިދަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ކަމަށެވެ.


އެހެެންކަމުން މިކަން ހަގީގަތަކަށް ހެދުމަށް ރައީސް ދެއްވި ހާއްސަ އިސްކަމަށްޓަކައި، މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން މި މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މީހުން އުފުލޭ މިންވަރު އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި އެއިން ލިބޭ މާލީ މަންފާ އިތުރުވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު